
މެރީން ސްޕޭޝަލް ޕްލޭނިންގ
ކ ޖަވާބަކީ މެރިން ސްޕޭޝަލް ޕްލޭނިންގ (އެމް.އެސް.ޕީ) އެވެ. އެމް.އެސް.ޕީ އަކީ ގުދުރަތީ މާހައުލާއި މީހުންގެ ހަރަކާތްތަކާއި (މަސްވެރިކަމާއި، ކަނޑުމަގުން މުދާ އުފުލުމާއި އިއާދަކުރަނިވި ހަކަތައާއި، އެކުއަރކަލްޗަރާއި، އަދި އިންފްރާސްޓްރަކްޗަރ ފަދަ) ގުޅޭގޮތުން ލިބެންހުރި އެންމެ ފުރިހަމަ މައުލޫމާތު ބޭނުންކޮށްގެން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތާއި، އަދި އެސަރަހައްދުތައް ރައްކާތެރިކުރުމަށް ރޭވިފައިވާ ގޮތްދެއްކުމަށް ބޭނުންކުރެވޭ އެންމެންގެ ބައިވެރިވުމާއި އެކު a.ކުރިޔަށް ގެންދެވޭ މަސައްކަތެކެވެ
މޯލްޑިވްސް މެރިން ސްޕޭޝަލް ޕްލޭންގައި ބައިވެރިވެލައްވަން ބޭނުންތޯ؟ މޯލްޑިވްސް އޯޝަން ޔޫސް ސަރވޭގައި ބައިވެރިވެލެއްވުމަށާއި އިތުރު މަޢުލޫމާތު a.ހޯއްދެވުމަށް ތިރީގައިވާ ބަޓަނަށް ފިއްތަވާލައްވާ
މެރިން ސްޕޭޝަލް ޕްލޭނިންގ
ަކީ ކަނޑުފަޅުގެ ސަރަހައްދުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން އާންމުންގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދެވޭ މަސައްކަތެކެވެ.
ި މަސައްކަތުގެ ނަތީޖާއަކީ ޗާޓަށް ބަރޯސާވާ މެރިން ސްޕޭޝަލް ޕްލޭނެކެވެ. ކަނޑުގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ހުއްދަދޭ ހަރަކާތްތަކާއި، ފާހަގަކުރެވިފައިވާ ހިމާޔަތްކުރަންޖެހޭ ސަރަހައްދުތަކާއި، އެފަދަ ހަރަކާތްތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ތަންފީޒީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކަނޑައެޅުމަށް އެކިގައުމުތަކުން މެރިން ސްޕޭޝަލް ޕްލޭންތައް ބޭނުންކުރެއެވެ.

ެމް.އެސް.ޕީ ޕްރޮސެސް

ސައިންޓިފިކް އަދި ސިޔާސަތުތައް ވަޒަންކުރުން
-
މުރަކަ ފަރުތަކުގެ ދިރާސާ ކުރިއަށް ގެންދެވުން (2020-2021)
-
ދިރޭތަކެތި ދިރިއުޅޭ މާހައުލުތައް ޗާޓުކުރުން (2020-2021)
-
ޤާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑު ދިރާސާކުރުމުގެ މަސައްކަތް ނިންމުން (2021)

މަސްލަހަތުވެރިންގެ ބައިވެރިވުން
-
ރަސްމީކޮށް "ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ހަފްލާ ވާރޗުއަލްކޮށް ބޭއްވުން (2020)
-
ކަނޑުފަޅު ބޭނުން ކުރަމުންދާގޮތް ދެނެގަތުމަށް ކުރެވޭ ސާރވޭ ފެށުން (އޮކްޓޯބަރ 2021)

މެރީން ސްޕޭޝަލް ޕްލޭން އެކުލަވާލުން
-
ޕްރޮގްރާމް ގަވަނަންސް ކޮމިޓީއާއި އެމް.އެސް.ޕީ ސަބްކޮމެޓީ އެކުލަވާލުން (2020-2021)
-
ރާއްޖޭގެ ސަރަހައްދީ ކަނޑުގެ އެމް.އެސް.ޕީ އުސޫލުތަކާއި، ލަނޑުދަނޑިތަކާއި މަގުސަދުތައް އެކުލަވާލާ ފާސްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން
-
ސަރަހައްދުތައް ގިންތިކޮށް ފާސްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން
-
އެމް.އެސް.ޕީގެ ފުރަތަމަ ދެލިކޮޕީ ތަރައްޤީކޮށް، ފާސްކުރުމަށްފަހު އާންމުންގެ ހިޔާލުހޯދުމަށް ފޮނުވުން

އެމް.އެސް.ޕީ އެޑޮޕްޓުކުރުން
-
އެމް.އެސް.ޕީ ފައިނަލްކުރެވި ކެބިނެޓުން ފާސްކުރުން
-
އެމް.އެސް.ޕީ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުން

ަންފީޒުކުރުމާއި މޮނިޓަރުކުރުން
-
މެނޭޖްކުރުމާއި ތަންފީޒުކުރުމުގެ ޕްލޭންތައް އެކުލަވާލުން
-
އާންމުން ހޭލުންތެރިކުރުމުގެ ކެމްޕެއިން ކުރިޔަށް ގެންދިޔުން
-
އިދާރީ ނިޒާމްތައް ތަރައްޤީކުރުން
-
މޮނިޓަުރކުރުމާއި ޤާނޫްނު ދެމެހެއްޓުން
މައިގަނޑު އަސާސްތައް

ސައިންސް އަސާސަކަށް ބެލުން

ގުޅިގެން މަސައްކަތްކުރުން

ހަމަހަމަކަން ދެމެހެއްޓުން

މުޖުތަމަޢުގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިއުން
ގުދުރަތީ މާހައުލާއި އިންސާނީ ބޭނުންތަކުގެ ލިބެންހުރި އެންމެ ފުރިހަމަ މައުލޫމާތު ބޭނުންކޮށްގެން ނިންމުންތައް ކަނޑައެޅުން
ކަނޑުފަޅުގެ ބޭނުންތައް ކުރާފަރާތްތަކާއި މުޖުތަމަޢުއާއި މަޝްވަރާކޮށް އެފަރާތްތަކުގެ ބަސް ހިމެނުން
ތިމާވެށި ރައްކާތެރިކުރުމާއި، އިގްތިސާދީ ފުދުންތެރިކަމާއި، އިޖްތިމާއީ ދުޅަހެޔޮކަމަށް އިސްކަންދިނުން
އާންމުންނަށް މުހިންމު ކަންތައްތަކާއި ކަންބޮޑުވުންތަކަށް އިސްކަންދީގެން އަންނަން އޮތް ޖީލްތަކަށް ފައިދާވާނެހެން ކުރިއަށް ގެންދިއުން

ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުން ކަނޑުގެ އިގްތިސާދު މެނޭޖްކުރުމަށް އެމް.އެސް.ޕީ ބޭނުންކުރެއެވެ
ލިންކްތަކާއި ވަސީލަތްތައް
އެމް.އެސް.ޕީ ދުނިޔޭގެ އެކި ކަންކޮޅުތަކުން - ޔުނެސްކޯ މެރިން ސްޕޭޝަލް ޕްލޭނިން ޕްރޮގްރާމް
ޑެޒިގްނޭޓިންގ މެރިން ސްޕޭޝަލް ޕްލޭނިންގ ފޮރ އިމްޕްލިމެންޓޭޝަން: އަ ގައިޑް ފޮރ ލީގަލް ޑްރާފްޓަރސް - މޭ 2020